Ads by
ޚަބަރު
އެއާ އެންބިއުލާންސް އަންނަ މާޗު މަހު ތަޢާރަފު ކުރަނީ

އަންނަ އަހަރުގެ މާޗު މަހުގައި ރާއްޖެއަށް އެއާ އެމްބިއުލާންސް ތަޢާރަފު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

Ads by Eki Online

މިކަން ސަރުކާރުން ހާމަ ކުރީ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް އިބްރާހިމެވެ.

ނާޒިމް ވިދާޅުވީ މި ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑު އޭވިއޭޝަން ގުޅިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ހިދުމަތް ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށްޓަކައި ދެ އެއާ އެމްބިއުލާންސް ތައްޔާރުކޮށް މޯލްޑިވިއަން އާއި ގުޅިގެން މި ހިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހެލްތާ ގުޅިގެން ކުރިޔަށް ގެންދާނެ

– ނާޒިމް

އަދި ބަލި މީހުން އުފުލަން ނެރޭ ދެ އެއާ އެމްބިއުލާންސްގައި ސްޓްރެޗާ އާއި ވަސީލަތްތައް ހުންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ފުރަތަމަ ދެ ފްލައިޓުން މަސައްކަތް ފެށިޔަސް ފަހުން އިތުރު ކުރާނެ ކަމަށެވެ.

މި ޚިދުމަތް ތަޢާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *