Wednesday, 9 September 2026
Ads by

ތަސްލީމް ގެއްލުނުތާ ހަފްތާއެއް, އާއިލާއިން ބުނަނީ އެނާއަށް ވީގޮތް ދަތުރުގެ ބައިވެރިންނަށް އެނގޭނެ ކަމަށް!

ތަސްލީމް ގެއްލުނުތާ ހަފްތާއެއް, އާއިލާއިން ބުނަނީ އެނާއަށް ވީގޮތް ދަތުރުގެ ބައިވެރިންނަށް އެނގޭނެ ކަމަށް!

ދަތުރުގޮސް އުޅެނިކޮށް ތަސްލީމް މުހައްމަދު ގެއްލުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

Ad Image
Ads by

ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ތަސްލީމް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފެށީ އޮގަސްޓު 30 ވަަނަ ދުވަހުގައެެވެ. އޭނާ އެންމެފަހުން ފެނިފައި ވަނީ އެދުވަހުގެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ އެ މަސައްލަ ތަހުގީގު ކުރަމުންކަމަށެވެ.

”އަދަދު“ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތަސްލީމްގެ އާއިލާއިން ވަނީ ކަން ހިނގައި ދިޔަ ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. އާއިލާއިން ބުނި ގޮތުގައި ތަސްމީން ދަތުރު ދިޔައީ އޭނާގެ ރައްޓެހިން ބުނި ބުނުމަށެވެ. އެމީހުން ދިޔައީ އެ ރަށަށް ދަތުރު ދިޔަ ބަޔަކަށް ޖަނަރޭޓަރެއް ހިފައިގެން ކަމަށާއި ދިޔައިރު ދެ ދުވަހަށް ދަތުރުދާ ކަން އާއިލާއަށް އެނގި ކަމަށް ބުންޏެވެ.

ދިޔަ ފަހުން ވެސް މެސެޖްކޮށް ގުޅާ ހެދި ކަމަށާއި ގެއްލުނު ދުވަހު އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނު މީހާއަށް ގުޅާފައިވާ ކަމަށް އާއިލާއިން މަޢުލޫމާތު ދިނެވެ. އެއީ 30ވަނަ ދުވަހުގެ ހެނދުނު 7:00 ހާއިރުއެވެ.

”އޭނައަށް ވައިބާ ކޯލްއެއް ކުރީ. ދަ ކޯލް ވޯޒް މިސްޑް. ދެޓް ޓައިމް އޭނަ ނިދާފަ އޮތީ“ އާއިލާއިން މަޢުލޫމާތު ދިނެވެ.

ތަސްލީމް އަކީ އެއްވެސް ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫނެވެ. ރިސޯޓުގައި މަސައްކަތް ކުރުމަށްފަހު ސަރުކާރުގެ ވަޒީފާއެއް ހޯދައިގެން މާލެ ބަދަލުވެ ދިރިއުޅެމުން ދިޔައީ ވެސް އަމިއްލަ ފްލެޓެއްގައި ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ. 7 އަހަރު ކުރިން މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ނަމަވެސް މިހާރު ތަސްލީމް އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫނެވެ. އާއިލާއިން ބުނާ ގޮތުގައި ގެނބިގެން ތަސްލީމް މަރުވާނެ ކަމަށް ނުބެލެވެއެވެ.

”އޭނަ ނުގެނބޭނެ, 100 ޕަސެންޓް ނުގެނބޭނެ. އޭނަ ގެނބެންވީ ސަަބަބެއް ނެތް. އޭނާ އަކީ ޑީޕް ސީގަ ސްވިމް ކުރާ މީހެއް. އެތަނަކީ ހަމަ ވަރަށް ބޮޑު ފަޅެއް އޮންނަ ތަނެއް. ގެނބުނަސް ފެންނާނެ. 4 ގަޑިއިރު ތެރޭގަ ފެންނާނެ. އަނެއްކާ ދެން އަޑިއަށް ދާނީ“ އާއިލާއިން ބުންޏެވެ.

ގެއްލުނު ދުވަހުގެ ހެނދުނު 8 އާއި 9 އަކާ ދޭތެރޭގެ ވަގުތެއްގައި ތަސްލީމްގެ ފޯނު ދަތުރު ދިޔަ ކުއްޖެއްގެ އަތައް ދިން ކަމަށް އާއިލާއިން ބުނެއެވެ.

”ބުންޏޯ ފޯނު ހިފަހައްޓާލާށޯ. އަހަރެން މި އަންނަނީއޯ. އެތާ އިންނާނެ ވެލިގަނޑެއް. ހިނގާފަ ވެލިގަނޑުން ފުރަގަހަށް ދިޔަ މީހާ ދެން ނުފެނޭ. އެއީ އަހަރުންނަށް ކިޔާދިން ގޮތް. އޭނަ ފޯނާ ނުލާ ނޫޅޭނެ. ވަރަށް ފޮޓޯ ނަގާނެ. ހަބަރު ކިޔާނެ. މީހުންނަށް އެއްޗެހި ފޮނުވާނެ. ސޯ ފޯނާ އޭނަ ދުރަަކަށް ނުދާނެ“ އާއިލާއިން ބުންޏެވެ.

ގެއްލުނު ދުވަހުގެ ހެނދުނު 10:30 ހާއިރު އުޅެނިކޮށް ދަތުރުގެ ބައިވެރިއެއް ގުޅާފައި ”މާމަ މަރުވެގެން ތޯ އުޅެނީ އެހި“ ކަމަށް އާއިލާއިން ބުންޏެވެ. ”ދެން ބުނީ މިއުޅެނީ އޭނަ ނުފެނިގެންނޭ އުޅެނީ“.

އެހިސާބުން ތަސްލީމް ފެނޭތޯ މަސައްކަތް ފެށި ކަމަށާއި އެހެން ލޯންޗަކަށް އެރިތޯވެސް ބަލާފައިވާ ކަމަށެވެ.

”އޭނަ އެތަނުން އަވަހަށް ދާން ބޭނުން ވީމަ އެ ބުނީ މާމަ މަރުވެއްޖެއޭ. މާމަ މަރެއް ނުވޭ“ އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނާ ގޮތުގައި އެއްވެސް ކަމެއް ނުވެ މީހަކު ނުގެއްލޭނެ ކަމަށާއި އެ ދަތުރު ދިޔަ މީހުންނަށް ތަސްލީމް ވީތަން އިނގޭނެ ކަމަށެވެ. ”ކަމެއް ކުރާކަށް ނޫން ކުރީކީ, ކަމެއް ވެފަ އެ އޮތީ. ފޮރުވުމުގެ ބަދަލުގަ އޭތި ގެނައުން ރަނގަޅީ. ކަމެއް ވެދާނެ ކޮންމެ އިންސާނެއްގެ އަތުން ވެސް. ބަޓް ޑޯންޓް ހައިޑް އިޓް“ އާއިލާއިން ބުންޏެވެ.

ތަސްލީމް ހޯދުމަށް އެމްއެންޑީއެފުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި، އަދި 3000 އަކަފޫޓުގެ ސަރަހައްދެއް ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫތަށް ބަލާއިރު، ތަސްލީމް ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުންކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
8 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަޖައިބު
އަޖައިބު
2 އަހަރު ކުރިން

ތި އާއިލާއިން ހާދަ އިނގިރޭސި ވެފައޭ. ވާހަކަ ދައްކާފަހުރިއިރު އިނގިރޭސިކަމުންގޮސް އެއްވެސް ދެރަކަމެއް އެމީހުންނަށް އިހްސާސް ނުވާކަހަލަ.

ހައިރާން
ހައިރާން
2 އަހަރު ކުރިން
ޖަވާބު ދެނީ  އަޖައިބު

ހިތާމައާ އިނގިރޭސިއަކާ ހުރީ ކޮން ގުޅުމެއް? ހިތާމަވެރި ކަމެއް ވިޔަސް އުފާވެރި ކަމެއް ވިޔަސް އެބަޔަކު ވާހަކަ ދައްކާހެން ދެއްކޭނީ.. އެ ވެދާނެ އެމީހުން އަބަދުވެސް ވާހަކަ ދައްކާ ގޮތް ކަމަވެސް

ޕިސް
ޕިސް
2 އަހަރު ކުރިން
ޖަވާބު ދެނީ  އަޖައިބު

މީހަކު ވާހަކަދައްކާ ބަހުރުވައަކުންތަ އެމީހަކު ދެރަވާކަމެއްވެސް ކަނޑައަޅަނީ.

އަމާ
އަމާ
2 އަހަރު ކުރިން
ޖަވާބު ދެނީ  އަޖައިބު

ވަކި ބަހަކުން ވާހަކަ ދެއްކީމަތަ ހިތާމަވެރިވަނެީ

ބޮޑުވަރު
ބޮޑުވަރު
2 އަހަރު ކުރިން
ޖަވާބު ދެނީ  އަޖައިބު

މިކަހަލަ ދަނޑިވަޅެއްގައި އާއިލާއަށް ހިތްވަރުދިނުމުގެ ބަހެއް ނުވަތަ އެ އާއިލާގެ ހިތާމައިގައި ބައިވެރި ނުވެވޭ ކަމަށް ވަންޏާ އެއްޗެކޭ ބުނުމަށްވުރެ ނުބުން ރަނގަޅީ.

އައިންތު
އައިންތު
2 އަހަރު ކުރިން

ގެނބިގެން މަރު ނުވާނެކަމުގެ 100% އެބައޮތޭ ނުބުނޭ. ހުރިހަާ ކަމަކަޢ ކުޅަދުންވަންތަ އިލާހަކު ވޭ ދަރިފުޅާ

ޝަހީމް
ޝަހީމް
2 އަހަރު ކުރިން

މާމަ އަކީ ކޮބާ ..؟ އަދި މުޅިން ސާފެއްނުވޭ މި ޚަބަރުގެ މައުޟޫއެއް.

ހުސޭނު
ހުސޭނު
2 އަހަރު ކުރިން

ހާދަ ބޮޑު ސަރަހައްދެކޭ ތިޔަ ހޯދީ. 5000 އަކަފޫޓަކީ 100 ފޫޓު 50 ފޫޓުގެ ސަރަހައްދެއް.

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި