Thursday, 8 October 2026
Ads by

ކޮންމެ ވަގުތަކު ވެސް ޙަޔާތުގެ ނޫރު ނިވިދާނެ, މަރަށް ތައްޔާރުވޭ!

ކޮންމެ ވަގުތަކު ވެސް ޙަޔާތުގެ ނޫރު ނިވިދާނެ, މަރަށް ތައްޔާރުވޭ!

ކުއްލި މަރު ގިނަވެއްޖެއެވެ. އެކިއެކި ބަލީގައި ނިިޔާވާ މީހުން ގިނަވެއްޖެއެވެ. ދުނިޔެވީ ބަލިމަޑުކަން އިތުރުވެ އެކަމުގައި ވެސް މަރުވާ މީހުން ގިނަވެއްޖެއެވެ. އަހަރެމެން މިއިން އިބްރަތް ހާސިލްކުރާކަށް ނުވޭތޯއެވެ.

Ad Image
Ads by

ކޮންމެ ވަގުތަކު ވެސް ކޮންމެ ތަނަކު ވެސް އަދި ކޮންމެ ކަމެއްގައި ހުރި ނަމަވެސް ޙަޔާތް ނިމިދާނެއެވެ. އަހަރަމެން ދުނިޔެވީ ހަޔާތުގެ އެކި ކަންކަމުގައި ޝާމިލުވެއުޅޭއިރު އަހަރަމެންނާ ނުހަނުގާތުގައި އެކުގައި އުޅޭ ގާތް ރަޙްމަތްތެރިއަކު، އެއްބަނޑުއެއްބަފާ މީހަކު, މަންމަޔަކު ނުވަތަ ބައްޕަޔަކު މިދުނިޔެއާއި އަލްވަދާޢު ކިޔުމަށްފަހު އަހަރުމެންނާއި ވަކިވެގެން ދާ މަންޒަރު އެބަފެނެއެވެ. މި ދައްކަނީ ހިނދުކޮޅެއްކުރީން އަހަރެމެންނާއި ކައިރިން ހީ ސަމާސާކޮށް އުޅުނު މީހުންގެ ވާހަކައެވެ.

ގާތްމީހަކު އަހަރުމެންނާއި ވަކިވެގެން ދިޔުމުން އަހަރެމެންނަށް ހިތާމަ ކުރެވެއެވެ. ޤަބުރުސްތާނުގައި ރޮއެ ހެދެއެވެ. އޭގެ ފަހުން ވެސް ދުވަސްކޮޅަކަށް އެ ހަނދާންތައް އާވެއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ އެ ހިތާމަތައް ހިތްތަކުން ފިލައި އެކަމުގެ އިޙްސާސް ކެނޑެއެވެ. ހަމަ އެދުވަސް އަހަރެމެންނާވެސް ކުރިމަތިލާނެކަން ހަނދާނަކު ނުހުރެއެވެ.

ހަމަ ޔަގީނުންވެސް މަރަކީ ވަރަށް އިންސާފުވެރި އެއްޗެކެވެ. ކޮންމެ މީހަކު ވެސް މަރުގެ ރަހަ ދެކޭނެއެވެ. މުއްސަންޖެއް, ފަޤީރެއް, އަންހެނެއް, ފިރިހެނެއް, ކުޑަކުއްޖެއް, ބޮޑު މީހެއް ބެލުމެއް ނެތެވެ. ހަމަ ކުޑަހިނދު ކޮޅެއްގެތެރޭގައި އަހަރަމެންގެ ހުރިހާ ކަމެއްނިމި ތާއަބަދައްޓަކައި މިދުނިޔެއާ ވަކިވާން ޖެހިދާނެއެވެ.

މި ދުނިޔޭގައި މަރުގެ ރަހަ ނުދެކޭނޭ އެއްވެސް ނަފުސެއް ނުވެއެވެ. ކޮންމެ މަރަކީ ވެސް ދިރިތިބީންނަށް ކޮށްދެވޭ ހަނދާން ކޮށްދިނުމެކެވެ. ލަސްނުކޮށް މަރަށް ތައްޔާރުވާށެވެ!

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Yamin 565
ޔާމީން ވެރިކަމަށް ކުރިމަތިލިޔަނުދޭން ސަރުކާރުން އުޅޭކަމަށް ތުހުމަތުކޮށްފި
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ