Ads by
ޚަބަރު
ޕޮލިސް ކޮމިޝަނަރު ކަމަށް ޝުޖާއު އައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަލީ ޝުޖާއު މިއަދު އައްޔަން ކުރައްވައިފިއެވެ.

Ads by Eki Online

ޝުޖާއު އަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ޝުޖާއު މިހާތަނަށް ހުންނެވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ.

ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައެވެ.

ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލު ކުރައްވައިފަ އެވެ. އަދި އޭނާއަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވަޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެކެވެ.

މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ގައެވެ.

އާ ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރެއްވީ އެންމެ ފަހުން އެ މަގާމު ފުރުއްވި މުހައްމަދު ހަމީދު މިދިޔަ ނޮވެމްބަރު 15 ގައި ރިޓަޔާ ކުރެއްވުމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ފުލުހުންގެ އިދާރާ ހިންގުމުގައި އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *