Tuesday, 13 January 2026
Ads by

100 މީޓަރު ރޭހުން ސާއިދު ބަލިކޮށް އިބާދުﷲ އެއް ވަނަ އަށް

100 މީޓަރު ރޭހުން ސާއިދު ބަލިކޮށް އިބާދުﷲ އެއް ވަނަ އަށް

ފޮޓޯ: ގާފު

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރުގެ ރޭސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ބަލިކޮށް، އިބާދުﷲ އާދަމް ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by MN Maldives

މިއީ، 2013 ވަނަ އަހަރުގެ ފަހުން ގައުމީ މުބާރާތުގެ 100 މީޓަރުގެ ރޭސް ސާއިދު ނޫން ދުވުންތެރިއަކު އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

މިގޮތުން، ސާއިދުގެ މައްޗަށް 100 މީޓަރު ރޭހުގެ ފައިނަލުގައި، ރައުހަތު ސްޕޯޓްސްގެ އިބާދުﷲ ކުރިހޯދީ، 10.59 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ރޭސް ނިންމީ، 10.67 ސިކުންތުންނެވެ. ތިން ވަނަ ހޯދި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު މިންހާލް ޝާމިން ރޭސް ނިންމީ، 10.74 ސިކުންތުންނެވެ.

ޖެމެއިކާގައި ޓްރެއިނިން ހަދަމުން އައި، އިބާދުﷲ އަކީ ފްރާންސްގެ ޕެރިހުގައި ނިމުނު އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމްސީލް ކުރި އެތްލީޓެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި އިބާދުﷲ ނުދުވެއެވެ.

އަންހެނުންގެ 100 މީޓަރުގެ ރޭސް މި ފަހަރު ވެސް ކާމިޔާބުކުރީ އަހުނާ ނިޒާރުއެވެ. އޭނާ ރޭސް ނިންމީ، 12.33 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އައިޝަތު ޝަބާ ސަލީމް ރޭސް ނިންމީ 12.40 ސިކުންތެެވެ.

އިއްޔަ 100 މީޓަރު ދުވުމުގެ ރޭސް އިބާދުﷲ ކާމިޔާބު ކުރިނަމަވެސް، ގައުމީ ރެކޯޑް އަދިވެސް އޮތީ ސާއިދު އަތުގައެވެ. އެއީ 2016 ވަނަ އަހަރު 10.33 ސިކުންތުން ދުވެގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
big_dnH7NmFUor2zCyF7zqva0tbaU
ސަމާހްގެ ކަށުނަމާދު މިރޭ މަޣްރިބް ނަމާދަށްފަހު ހުޅުމާލެ ސަހަރާގައި
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
viber_image_2024_05_16_15_01_52_087_733c4a5653
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
hbj
"ޕޮއެޓްރީ ތެރަޕީ" އަށް ކިޔާ ދިވެހި ނަމަކީ "ޅެންފަރުވާ"