Ads by
ޚަބަރު
ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ 17 ގައި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް ބާއްވާ ޕްރައިމަރީ ފެބްރުއަރީ 17 ގައި ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

Ads by Eki Online

މިގޮތަށް ނިންމީ މިއަދު ބޭއްވި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ 1 ވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވަނީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ހުރިހާ އިންތިޚާބީ ދާއިރާކަށް ވާދަކުރުމަށާއި ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޕާޓީގެ އިދާރީ ހިންގުމުގެ ބޭނުމަށް އުފައްދާ އިންތިޚާބުތަކާގުޅޭ ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވަން ނިންމައިފައެވެ.

ޑިމޮކްރެޓްސްއިން ހާމަކުރި ގޮތުގައި ޕްރައިމަރީގައި ބައިވެރިވެވޭނީވެސް އަދި ވޯޓު ދެވޭނީވެސް ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓާ ކުރެވޭ މެމްބަރުންނަށެވެ.

އަދި ކުރިމަތިލާން އެދޭ ފަރާތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރެއް ކަމުގައިވާން ޖެހެއެވެ.

މީގެއިތުރުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހެޅަން ޖެހޭނެކަމަށް ވެސް ވަނީ ފާސްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *