Saturday, 17 October 2026
Ads by

ރޮނާލްޑޯ ކެރިއަރުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 900 އަށް

ރޮނާލްޑޯ ކެރިއަރުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 900 އަށް

ޔުއެފާ ނެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާއި އަތުން 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި މެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު ކެރިއަރުގައި 900 ލަނޑު ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by

އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަކީ މި އަދަދަށް ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރާ އާޖެންޓީނާގެ ލިއޮނަލް މެސީ ޖަހާފައިވަނީ 838 ލަނޑެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕޯޗުގަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިފެން ހަތް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑިއޭގޯ ޑަލަޓްއެވެ.  ޕޯޗުގަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޕޯޗުގަލް ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 131 ވަނަ ލަނޑެވެ.

ކްރޮއޭޝިއާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑަކީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޕޯޗިގަލްގެ ޑިފެންޑަރު ޑަލަޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި