Ads by
ޚަބަރު
ބިން ހިއްކަން ފެށިތާ ހަފްތާއެއް، ރަސްމާލެއިން 10 ހެކްޓަރު ހިއްކައިފި
ފޮޓޯ: މީސް މީޑިޔާ

ރަސްމާލެ (ފުށިދިއްގަރުފަޅު) ގެ ބިން ހިއްކަން ފެށިތާ ހަފުތާއެއްގެ ތެރޭ 10 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

Ads by Eki Online

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށީ މިދިޔަ ހޯމަ ދުވަހުގައެވެ.

އާބަންކޯ އިން ހާމަކުރި ގޮތުގައި، ހޯމަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް ރަސްމާލެއިން 10 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.

ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ 8 މަސް ދުވަހަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ސިޓީ އަށް ކިޔުމަށް ހަމަޖެހިފައި ވަނީ ‘ރަސްމާލެ’ ކަން ހާމަކުރައްވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *