Ads by
ޚަބަރު
މާލޭ ސަރަހައްދުން އިތުރު 7 މީހަކު ފައިލޭރިއާއަށް ފައްސިވެޖެ

މާލެ ސަރަހައްދުން 7 މީހަކު ފައިލޭރިއާއަށް ފައްސިވެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެޗްޕީއޭ އިން ހާމަ ކުރި ގޮތުގައި މާލޭ އޭރިއާއިން ފައްސިވި 7 މީހުންގެ ތެރެއިން 5 މީހުން ފައްސިވެފައިވަނީ ހުޅުމާލެއިނެވެ. އަދި ދެން ފައްސިވެފައި ވަނީ މާލެއިން 1 މީހަކާއި ގުޅީފަޅުން 1 މީހެކެވެ.

މީގެ އިތުރުން އެޗްޕީއޭއިން ހާމަ ކުރިގޮތިގައު މިހާތަނަށް ފައްސިވި އެންމެންނަކީވެސް ބީދޭސީންނެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • އިންޑިޔާގެ އުއްތަރަ ޕްރޮވިންސްއަށް ނިސްބަތްވާ 10 މީހުން
  • އިންޑިޔާގެ ބިހާރުގެ 18 މީހުން
  • އިންޑިޔާގެ ޓުމިލްނާޑޫގެ 1 މީހަކު
  • އިނއޑިޔާގެ ގޯޕާލްގަންޖުގެ 1 މީހަކު
  • ބަންގްލަދޭޝްގެ 2 މީހުން

ރާއްޖެ އިން ފައިލޭރިއާ ޖެހިފައިވާ މީހުން ފެންނަން ފެށީ ހދ. ކުޅުދުއްފުށިންނެވެ. މި މަހުގެ މިހާތަނަށް އެ ރަށުން އެކަނި ވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނިފައި ވެއެވެ.

މާލޭ ސަރަހައްދުން ފެނުން 7 މީހުންނާއި އެކު މުޅި ރާއްޖެއިން 32 މީހަކު ވަނީ ފައިލޭރިޔާއަށް ފައްސިވެފައެވެ.

ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއްގެ (ޕްރެސައިޓް) ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. އަދި މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޖަރާސީމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *