Saturday, 24 October 2026
Ads by

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ އާއިލާއިން ދެކޮޅުހެދި ނަމަވެސް އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ރާއްޖޭން ބޭރަށް ފޮނުވައިފިއެވެ.

Ad Image
Ads by

ފުލުހުން މިއަދު ބުނެފައިވަނީ އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ ޕޯސްޓްމޯޓެމް ހަދަން ހަމަޖެހިފައިވަނީ މާދަމާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ މި މަހުގެ 2ވަނަ ދުވަހުގެރޭ 19:02 ގައި ކަމަށެވެ.

ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ދޭތެރޭ 30 މިނެޓު ހޭދަވެފައިވާކަން ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން އެނގެއެވެ.

އޭނާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. އެހެންވުމާއިއެކު އެ މައްސަލަ ބަލައި އަތުހަރު މަރުވި ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި