Ads by
ޚަބަރު
17 ރަށެއްގައި މަޑުޖެހިފައި ހުރި މަޝްރޫޢުތައް އާރްޑީސީން ފަށައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އިން، މަޝްރޫޢުތައް ހިންގަމުން އައި ރަށްތަކުގެ ތެރެއިން 17 ރަށެއްގައި މަޑުޖެހިފައިވާ މަޝްރޫޢުތައް އެ ކުންފުނިން ފަށައިފިއެވެ.

Ads by Eki Online

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނީ، ތިން ޒޯނަކަށް ބަހާލައިގެން އާރްޑީސީއިން ކުރަމުންދިޔަ މަސައްކަތްތައް ދުވަސްކޮޅެއްގެ މަޑުޖެހުމަކަށްފަހު އަލުން ފަށައިފި ކަމަށެވެ.

އާރްޑީސީ އިން ކަނޑައަޅާފައިވާ އުތުރު ޒޯންގައި ފަށާފައިވަނީ ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.މިލަންދޫ އަދި ރ.ހުޅުދުއްފާރުގައި ނުނިމި ހުރި މަސައްކަތެވެ.

މީގެ އިތުރުން މެދު ޒޯނުގައި ފަށާފައިވަނީ ނ. އަތޮޅު ހޮޅުދޫ އަދި ވެލިދޫގައި ހިންގަމުންގެންދާ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތަކާއި ޅ.ހިންނަވަރު، މ.މުލައް، އދ.މާމިގިލި، ދ.ކުޑަހުވަދޫ އަދި މާލެސިޓީގެ އަމީނީމަގުގެ ނުނިމި ހުރި މަސައްކަތެވެ.

އަދި ދެކުނުގައި މަސައްކަތް އަލުން ފަށާފައިވަނީ ތ.ތިމަރަފުއްޓާއި ލ.ގަން، ގއ.ކޮލަމާފުށި، ގއ.ވިލިނގިލި ފޭސް 2، ގދ.ތިނަދޫ ފޭސް 2 އަދި ގދ.ގައްދޫގެ މަގުހެދުމުގެ ނުނިމިހުރި މަސައްކަތެވެ.

އާރްޑީސީން ރަށްރަށުގައި ކުރިއަށް ގެންދަނީ، ޒަމާނީ ފެންވަރުގައި މަގުތައް ހެދުމުގެ މަޝްރޫޢުތަކެވެ. މިފަދަ މަޝްރޫޢުތަކުގެ އަދާހަމަ، އެކުންފުނީގެ އެކްސް އެކައުންޓުން ގެންދަނީ ހިއްސާ ކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *