Ads by
ޚަބަރު
ނައީޝް ހޯދަން ވައިގެ މަގުން 279 ސްކެޔާ ނޯޓިކަލް މޭލު ބަލައިފި!

ރަޙްމަތްތެރިންނާއިއެކު އިހި ނަގަން ގޮސް މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ އައްޑޫ ސިޓީގެ މުޙައްމަދު ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންގައި ބޮޑު ސަރަހައްދެއް ބަލައިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

Ads by Eki Online

މީގެ އިތުރުން އެމްއެންޑީއެފް އިން ވިދާޅުވީ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިިވާ ކަމަށެވެ.

ނައީޝް ގެއްލިފައިވަނީ އިތުރު ތިން މީހަކާއި އެކު ސ.ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅުމުގެ ތެރޭގައެވެ.

ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތިދުވަހުގެރޭ 22:10 ހާއިރުއެވެ. އަދި ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށް އެމްއެންޑަިއެފުން ވަނީ އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *