Thursday, 12 February 2026
Ads by

މި ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި “ކަމަނާ”ގެ 32 ޝޯ އަޅުވާނެ!

މި ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި “ކަމަނާ”ގެ 32 ޝޯ އަޅުވާނެ!

މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި ދިވެހި ފިލްމު ‘ކަމަނާ ގެ 32 ޝޯ މި ހަފްތާ ބަނދުގައި އަޅުވާނެ ކަމަށް ސެޓާން ސްޓީޑިއޯއިން ބުނެފިއެެވެ.

Ad Image
Ads by MN Maldives

ސެޓާން ސްޓޫޑިއޯއިން “އެކި” އަށް މަޢުލޫމާތު ދެމުން ބުނީ މި ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 32 ޝޯ އަޅުވަން ނިންމާފައިވާ ކަމަށާއި މާލޭގައި އެކަނި ވެސް މިހާރު 27 ޝޯ އަޅުވަން ހަމަޖެހިފައިވާކަމަށެވެ.

ސެޓާން ސްޓޫޑިއޯއިން އިތުރަށް ބުނެފައިވަނީ މިހާތަނަށް ކަމަނާގެ ޖުމަލް 73 ޝޯ އަޅުވަން ހަމަޖެހިފައިވާ ކަމަށެވެ. މާލޭގެ ޝޯތައް އެއްކޮށް ފުލްވެފައިވާއިރު ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވެއެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑޫ) ޑައިރެކްޓް ކޮށްފައިވާ ‘ކަމަނާ’ އަކީ ރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި ހިމެނެނީ މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) އެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ. މިއީ ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7480
މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މޫސާ ޖަލީލް: ނިމާލް
WhatsApp Image 2026-02-11 at 20.48
ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ހުޅުވައިފި
WhatsApp Image 2026-02-11 at 20.48
އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރެފި
HA22lvkacAAspxN
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
Ads by
މަގުބޫލު
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް