Ads by
ޚަބަރު
ކުރިއަށް އޮތް ހަފުތާގައިވެސް މޫސޫން ގޯސް، ސަމާލުވޭ!

ކުރިއަށް އޮތް ހަފުތާގައި ވެސް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފިހުން އިލްތިމާސްކޮށްފިއެވެ.

Ads by Eki Online

މެޓް އޮފީހުން މިއަދު ބުނީ، ސްކޫލުތައް ބަންދުވުމާއެކު ގިނަ ބަޔަކު ކަނޑުމަގުން ދަތުުރުތައް ކުރާ އިރު، މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެދޭ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކެއްގެ ކަނޑުތައް އިތުރަށް ގަދަވެ ވައިބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ފުރުމުގެ ކުރިން މޫސުމަށް ބެލުމަށްފަހު ދަތުރުތައް ރޭވުމަށް އިލްމާސްކުރާކަމަށެވެ.

އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މި ދުވަސްވަރަކީ ވިއްސާރަވެ ވައިގަދަވާނެ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *