Ads by
ޚަބަރު
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ

ދިވެހިރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ އިތުރު ބިދޭސީއަކު ހުޅުމާލެ އިން މިއަދު ފެނިއްޖެއެވެ.

Ads by Eki Online

މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއަރގައި ޓެސްޓް ކުރި 13 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެކަކު ފައްސިވިިއިރު، 12 މީހަކު ނައްސިވެފައިވާ ކަމަށެވެ.

އަދި ފައްސިވި މީހާއަށް ބޭސް ދެވިފައިވާ ކަމަށާއި، މިއާއެކު މިހާރު ރައްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު 26 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއީން ވިދާޅުވިއެވެ.

މިހާތަނަށް މި ބައްޔަަށް އެއްވެސް ދިވެއްސަކު ފައްސިވެފައެއް ނުވެއެވެ.

ރާއްޖެ އިން ފައިލޭރިއާ ޖެހިފައިވާ މީހުން ފެންނަން ފެށީ ހދ. ކުޅުދުއްފުށިންނެވެ. މި މަހުގެ މިހާތަނަށް އެ ރަށުން އެކަނި ވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނިފައި ވެ އެވެ. އެހެންވެ، މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 މީހަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ވެސް އިންޑިއާގެ އުއްތަރު ޕްރަދޭޝް އަށް ނިސްބަތްވާ ބައެކެވެ.

ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއްގެ (ޕްރެސައިޓް) ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. އަދި މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޖަރާސީމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *