Ads by
ޚަބަރު
އާންމު އިންތިހާބެއްގައި ވާދަކުރާ ސިވިލްސާވެންޓުން 6 މަސް ކުރިން އިސްތިއުފާދޭންޖެހޭ: އީސީ

ސިވިލް ސާވިސް މުވައްޒަފަކު އާންމު އިންތިހާބެއްގައި ވާދަކުރާ ނަމަ، އެ އިންތިބެއްގެ 6 މަސް ކުރިން މަގާމުން ވަކިވާން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ހަބީބު މިހެން ވިދާޅުވީ އެކްސްގައި ރޭގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަބީބު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިބާ ޢާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ސިވިލްސާވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ، ޢާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭ. އަދި މަގާމުން އިސްތިޢުފާ ނުދީހުރެ، އިންތިހާބަކަށް ކުރިމަތިލައިފިނަމަ ، އެ މުވައްޒަފަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސަރވިސް ގާނޫނު ބުނޭ.

– ހަބީބް

މީގެ އިތުރުން ހަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސަރވިސްގެ މުވައްޒަފަކު އިންތިހާބުގައި ވާދަކޮށް ނުހޮވުނަސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އޮންނަ ފަދައިން، އަލުން އަނބުރާ ކުރިންހުރި ވަޒީފާއަށް އައުމުގެ ފުރުސަތެއް ނޯންނާނެކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *