Sunday, 9 February 2025
Ads by

ކަނޑުގެ ދިރުންތަކާއި ސަރަޙައްދު ހިމާޔަތްކުރުމާއި ގުޅޭ މުއާހަދާއެއްގައި ސޮއިކޮށްފި

ކަނޑުގެ ދިރުންތަކާއި ސަރަޙައްދު ހިމާޔަތްކުރުމާއި ގުޅޭ މުއާހަދާއެއްގައި ސޮއިކޮށްފި

ކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީ.ބީ.އެން.ޖޭ. މުއާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

Ad Image
Ads by MN Maldives

އިއްޔަ މެންދުރު އ.ދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މުއާހަދާ ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދުއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށް، ތަސްދީގުކުރުން މުހިންމު ކަމަށް ނިންމާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލިހުގައިކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ވަނީ ހުށަހަޅާފަ އެވެ. މަޖިލިހުން އެކަމަށް ރުހުން ދީފައި ވަނީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ޤުދުރަތީ ވަސީލަތްތައް ޚިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް މަތީ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުގައި ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި ދިވެހިރާއްޖެ މުއާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ޤައުމަކުން ސޮއިކޮށްފައިވާ ކަމާއި އަދި ޖުމްލަ 8 ޤައުމަކުން ވަނީ ތަސްދީގުކޮށްފައެވެ. 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުއާހަދާ ތަސްދީގުކުރާތާ 120 ދުވަސް ފަހުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ