Ads by
ޚަބަރު
ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ފިޔަވަޅެއް ނާޅަން: ސަރުކާރު

ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށް، ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.

Ads by Eki Online

މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށާއި، ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ. އަދި އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން.

– ޝަހީބު

ޗީފް ސްޕޯކްސްޕާސަން މިހެން ވިދާޅުވެފައިވާއިރު، ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ވަނީ އިއްޔައިން ފެށިގެން ބްލޮކްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ހިނގަމުންދަނީ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ ދަށުން ރަޖިސްޓްރީ ކުރުމެއްނެތިއެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއްކަމަށެވެ.

އަދި ސަރުކާރުން އެ ފިޔަވަޅު އަޅާފައި މި ވަނީ އެކަން ކުރުމުގެ އުސޫލެއް އާންމު ނުކޮށް ކަމަށާއި އަދި ހަރުދަނާ ދެ ފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަރު ކުރުމަކީ އެއްވެސް ހާލެއްގައި އެ ޖަމިއްޔާ އިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *