Ads by
ޚަބަރު
މޫސުން ގޯސް، ދަތުރު ފަތުރު ކުރުމުގައި ސަމާލުވޭ!

މޫސުން ގޯސްވެ، ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

Ads by Eki Online

މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވައިޓް އެލަރޓް ވެސް ނެރެފައިވެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް، މިއަދު ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާއިހަމައަށެވެ.

މެޓު އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ.

އެގޮތުން ވައިޖެހޭނީ އިރުއިތުރާއި އިރުން ގަޑިއަކު 13 މޭލައި 23 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އަދި މިގަޑިތަކުގައި ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނެއްގައިކަމަށް މެޓުން ވިދާޅުވެއެވެ.

މި ދުވަސްވަރަކީ ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *