Ads by
މުނިފޫހިފިލުވުން
ފިލްމް “ނީނާ”ގެ ޓިކެޓް ވިއްކަން ފަށައިފި
ފޮޓޯ: މީސް މީޑިޔާ

ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމު “ނީނާ”ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

Ads by Eki Online

އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު “ބަވަތި”ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަށް ގެނެސްދޭ ދެ ވަނަ ފިލްމު “ނިނާ”ގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު ފުރަތަމަ ދެ ޝޯގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ.

އަންނަ މަހު ހަ ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރާ މިފިލްމަކީ އައި ފިލްމްސްއިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އައި ފިލްމްސްއިން ބުނީ ފިލްމުގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ގަންނަން ލިބުމުގެ އިތުރަށް ހޮޓްލައިން ނަމްބަރު 7242555 އަށް ގުޅައިގެން ނޯޓް ވެސް ކުރެވޭނެ ކަމަށެވެ. ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ “ނީނާ” ގެ ޓައިޓަލް ރޯލުން ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދާއިރު މިފިލްމުގައި ދެން ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ފަދަ ތަރިން ހިމެނެއެވެ.

“ނީނާ”އިން ނުޒޫގެ ތިން ލުކެއް ފެނިގެންދާއިރު މިފިލްމުގެ ޓްރެއިލާއިންބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭ ތަފާތު ކަންތައްތަކެއް ފެނިގެންދެއެވެ. މިފިލްމަކީ މިއަހަރު އެންމެ އުންމީދު ކުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގައެވެ. މިއީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތް ދައްކުވައިދޭ ފިލްމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *