Ads by
ޚަބަރު
ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ފައްސިވި މީހުންގެ އަދަދު 25 އަށް

ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ފައްސިވި މީހުންގެ އަދަދު 25 އަރާފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

Ads by Eki Online

މިކަން ހާމަކޮށް އެޗްޕީއޭ އިން މިއަދު ބުނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ފައްސިވެފައި ވާތީ މި މަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިން އިން ޖުމްލަ 25 ބިދޭސީއަކު ފައްސިވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނައްސި ވެފައި ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

އެގޮތުން ބަލީގެ ބަޔަކު ފެނުނު ވާހަކަ ހާމަކުރީ މި މަހުގެ 14 ގައެވެ. އެ ދުވަހު ބުނެފައި ވަނީ ބަލި ޖެހިފައިވާ 17 މީހުން ފެނިފައިވާ ކަމަށެވެ. އަދި މި މަހުގެ 18 ގައި ބަލީގެ އިތުރު 2 މީހަކު ފެނުނެވެ.

ރާއްޖެއިން ކުރިން ނައްތާލެވިފައިވާ ފައިލޭރިއާ އަލުން ރާއްޖެ އެތެރެވެފައި މިވަނީ، އެ ބަލި ފެތުރެމުންދާ ޤައުމުތަކުގެ ބިދޭސީންގެ ފަރާތުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *