Ads by
ކުޅިވަރު
ސާޑިއޯ މާނޭ އަލް ނަސްރަށް ދަނީ
ފޮޓޯ: މީސް މީޑިޔާ

ބަޔާންމިއުނިޗްއަށް ކުޅެމުންއައި ސެނެގާލް ގެ ސާޑިއޯ މާނޭ އަލް ނަސްރަށް ދާން ދެ ކްލަބް މެދުގައި އެއްބަސްވުންތައް ނިމިފައިވާކަމަށް މީޑިޔާ ރިޕޯޓުތައް ބުނަންފަށައިފިއެވެ.

Ads by Eki Online

އަލް ނަސްރު ޓީމަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯވެސް ކުޅެމުން އަންނަ ޓީމެވެ. އަދި މީގެ އިތުރުން އޮސްޕީނާއާއި އެލެކްސް ޓެލާވެސް ކުޅެމުން އަންނަނީ އަލްނަސްރުޓީމަށެވެ.

ސާޑިއޯ މާނޭ ބަޔާންމިއުނިޗް ދޫކޮށް ދާންނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ދަނޑުގައި 3-0 އިން ބަޔާން މިއުނިކް ބަލިވި މެޗުގައި މާނޭއާއި ސާނޭގެ ދެމެދުގައި ހިޔާލުތަފާތުވެ އެއްމަސަލަ ހޫނުވެ ބަޔާން އިން މާނޭއަށް އަދަބެއްގެ ގޮތުން އެއް މެޗްއަށް ސަސްޕެންޑް ކޮށް އިތުރު ފިޔަވަޅުތައް އެޅުމުން ކަމުގައި ގިނަ ރިޕޯޓު ތަކުން ބުނެއެވެ.

މިއެއްބަސްވުމުގައި ކުރިއަށްއޮތީ ސާނޭ އާއި އަލް ނަސްރާދެމެދު ވެވޭ އެއްބަސް ވުމާއި މެޑިކަލް ކަންކަމެވެ.

ސައުދީ ލީގަށް ގިނަ އަދަދެއްގެ މައްޝޫރު ކުޅުންތެރިން ދަނީ ބަދަލްވަނުމްނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ބެލެންޑޯ އެވޯޑް ހޯދި ރިއާލް މެޑްރިދްގެ ފޯވާޑް ކަރީމް ބެންޒެމާވެސް ވަނީ ސައުދީ ލީގްގެ އަލް އިއްތިހާދު ޓީމަށް ސޮއެކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *