Ads by
ޚަބަރު
ރައްޔިތުންގެ ޝަކުވާތައް ސީދާ ރައީީސްއަށް ހުށަހެޅޭނެ ގޮތް ހަދަނީ

ދިވެހި ރައްޔިތުންގެ އެދޭ އެދުންތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހުށަހެޅޭނެ ޕޯޓަލްއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

Ads by Eki Online

ރޭ ބޭއްވި “ކަންގަތި އެވޯޑް” ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް އެމަނިކުފާނާ ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނެ ކަމަށެވެ.

މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދޭ. ދަންނަވަންތޯ. އަޅުގަނޑު ދެ ފުށްފެންނަ ސަރުކާރެއް ބޭނުންވަނީ އޭގެ ޙަޤީޤީ މާނައިގައިގާ

– ރައީސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން ފަށާނެ ކަމަށާއި މިއީ ކޮންމެ ތިންމަހުން އެއް މަހު އޮންނާނެ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން ރައީީސް ވަނީ ރާއްޖޭގެ ހުރިހައި ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށާއި ރައްޔިތުންނާއި ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެކަމަށް ވިދާޅުވާ ވާހަކަފުޅު، ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *