Sunday, 26 July 2026
Ads by

އަތުހަރު ދަން ޖެހުނު ހިސާބުން ކަން ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ފުލުހުން ހިއްސާކޮށްފި

އަތުހަރު ދަން ޖެހުނު ހިސާބުން ކަން ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ފުލުހުން ހިއްސާކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކޮށް ތޫނު އެއްޗަކުން ބިރު ދެއްކި އާދަމް އަތުހަރު ދަން ޖެހުނު ފަހުން ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިނެއް ފުލުހުން ހިއްސާކޮށްފިއެވެ.

Ad Image
Ads by

އަތުހަރު ރޭ ދޫނިދޫ ޖަލުގައި ދަން ޖެހިފައި ހުއްޓާ ފެނުނީ 07:02 ގައި ޖަލު ކެމެރާ މޮނީޓާ ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނާއިރު އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރަށް ލައިގެން ގޮޅިން ނެރުނު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި 7:06 ގައި ދޫނިދޫ ކްލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލު ބެލިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އޭގެ ފަހުން 07:14 ގައި އިމެޖެންސީގައި ލޯންޗުގައި މާލެ ގެންގޮސް 07:25 ގައި އައިޖީއެމްއެޗަށްވެސް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުމާ ގުޅިގެން އާންމުންގެ ފާޑުކިއުން އަމާޒުވެފައިވާ އިރު އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގަ އެވެ. އަދި އޭނާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް ވެސް ފުލުހުން ވަނީީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ދޫކޮށްލި އަތުހަރު ރަހީނުކުރީ އޭނާގެ ލޯބިވެރިޔާ ކަމަށް އެނގިފައިވެއެވެ. އަދި ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ގެއިން ބޭރަށް ނެރެ ސައިކަލެއްގައި އޭނާއާއެކު އަތުހަރު ދާން އުޅެނިކޮށް ފުލުހުން ވަނީ އަތުހަރުގެ މައްޗަށް ކުރިހޯދައި އަންހެން މީހާ ސަލާމަތްކޮށްފައެވެ.

ފުލުހުން އަންހެން މީހާ ސަލާމަތްކުރީ އަތުހަރުގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި އޭނާ ބިންމައްޗަށް ވައްޓާލައިގެންނެވެ. އޭގެ ސަބަބުން އަތުހަރުގެ ބޮލަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވެ އޭޑީކޭގައި ފަރުވާ ދިނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި