Wednesday, 9 September 2026
Ads by

ހުޅުމާލޭ އެކްސިޑެންޓް: ކޯޓު އަމުރެއްގެ ދަށުން ކާރު ދުއްވި އިކްރާމް އަލުން ހައްޔަރުކޮށްފި

ހުޅުމާލޭ އެކްސިޑެންޓް: ކޯޓު އަމުރެއްގެ ދަށުން ކާރު ދުއްވި އިކްރާމް އަލުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް، ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައިގައި ކާރު ދުއްވަންއިން އިބްރާހިމް އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ރޭ ހައްޔަރުކޮށްފިއެވެ.

Ad Image
Ads by

ހޯމްލޭންޑް, ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ އެކަން ކަށަވަރުކޮށްދެއްވާ ”އެކްސް“ ގައި ޕޯސްޓެއް ކުރައްވާފައެވެ.

އިކްރާމް ދޫވެގެން ދިޔައީ ވަކީލަކު ނެތި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހުމުން އެއީ ގޯހެއް ކަމަށް ހައި ކޯޓުން ކަނޑައެޅުމުންނެވެ.

ހައި ކޯޓުގެ ޝަރީއަތުގައި، ދަށު ކޯޓުން ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން ސުވާލުނުކުރާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ހެދީ ދޮގެއް ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

އިކްރާމް ދޫވެގެން ދިއުމާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ އިކުރާމް ދޫވެގެން ދިޔަ ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެ މީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ 31 ގައި ހިނގި މި އެކްސިޑެންޓަށްފަހު ކާރު ތެރޭގައި ތިބި ތިން މީހުން ނުކުމެގެން ދިޔަ އެވެ. އެމީހުން ހައްޔަރު ކުރީ ޖެހިގެން އައި ދުވަހު އެވެ. އަދި އެއަށްފަހު ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކުރިއެވެ.

އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުނަކީ ވެސް ކުށުގެ ރެކޯޑު އޮތް ބަޔެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި