Ads by
ދުނިޔެ
ކުވެއިތުގެ އައު އަމީރަށް ރައީީސް ޑރ. މުޢިއްޒުގެ ތަހުނިޔާ

ކުވެއިތުގެ އަމީރުކަމުގެ މަޤާމަށް، ހިޒް ހައިނަސް ޝެއިޚު މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އިސްވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ފޮނުއްވި މެސެޖުގައި ކުވޭތުގެ އައު އަމީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުންވެސް އެއްޤައުމު އަނެއް ޤައުމަށްކުރާ އިތުބާރާއި، އިޙުތިރާމާއި، އަދި ދެޤައުމުގައިވެސް އޮންނަ އިސްލާމީ ރިވެތި އަޚްލާޤުގެ ސަބަބުން އުފެދެމުންދާ ސަޤާފީ، ތާރީޚީ ގުޅުމުގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ މަޤްޞަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ކުވޭތުގެ ފަރާތުން ރާޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އައު އަމީރުގެ ޒައާމަތުގައި، ކުވޭތު, ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *