Ads by
ޚަބަރު
މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް، މެމްބަރުންގެ އަދަދު މަދުކުރަންޖެހޭ: ފާރިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް، މެމްބަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި އެމްއާރްއެމްގެ ރައީސް އަޙުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމި ނިންމުމާ ގުޅިގެން، މިކަމާއި ކަންބޮޑުވުންފާޅުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށް ވުރެ މަދުކުރަން ޖެހޭ ކަމަށެވެ.

އަދި މަޖިލިސް މެމްބަރުންގެ މުސާރަ ވެސް ކުޑަކުރަންޖެހޭ ކަމަށާއި، މެމްބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަންޖެހޭ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިއްތިފާގުން ވަނީ މެމްބަރުންގެ މުސާރަ 80،000 ރުފިޔާ އަށް ބޮޑުކުރަން ފާސްކޮށްފައެވެ.

މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެއެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000 ރުފިޔާ ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި 100,000 ރުފިޔާ ލިބޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *