Ads by
ޚަބަރު
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުއްވި ސިޓީ އާންމުކޮށްފި

ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން އާންމުކޮށްފިއެވެ.

Ads by Eki Online

އެ ސިޓީގައި ބުނެފައިވަނީ ރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން އައިޓީއެލްއެސްގެ މަރުހަލާތައް ކުރިއަށް ދާއިރު، 1965 ވަނަ އަހަރު މޮރިޝަސްއިން ޗާގޯސް އާކިޕެލަގޯ ވަކިކުރުމުން ނިކުންނާނެ މަތީޖާއަށް އދ.ގެ އާންމު މަޖިލީހުން ނެރުނު ގަރާރާ ގުޅޭ ގޮތުން ރާއްޖެއިން ދެކޭ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށާއި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނީ ޑިކޮލޮނައިޒޭޝަން ކުރުމާއި، ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކަމަށް އެ ސިޓީގައި ބުނެފައިވެެއެވެ.

އަދި އުންމީދު ކުރަނީ، މިހާރު އެމައްސަލަ ޙައްލުވެ، ޑިކޮލޮނައިޒޭޝަނަށް ދެމެހެއްޓެނިވި ގޮތެއްގައި އޮތް ތާއީދާއި، މޮރިޝަސްއާއެކު އޮތް އެއްބައިވަންތަކަން އިތުރަށް ހާމަވެގެންދިޔުން ކަމަށް ވެސް ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *