Sunday, 26 July 2026
Ads by

އިންޑިއާގެ 2 ހޮސްޕިޓަލަކުން އާސަންދަ މެދުކަނޑާލައިފި

އިންޑިއާގެ 2 ހޮސްޕިޓަލަކުން އާސަންދަ މެދުކަނޑާލައިފި

ފޮޓޯ: މީސް މީޑިޔާ

އިންޑިއާގެ 2 ހޮސްޕިޓަލެއްކަމަށްވާ އެސްޓާ ސީއެމްއައި ހޮސްޕިޓަލް އަދި ސައިޓްކެއާ ހޮސްޕިޓަލުން އާސަންދަ ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

Ad Image
Ads by

މި ދެ ހޮސްޕިޓަލަކީ ވެސް އާންމުކޮށް ދިވެހިން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ދަތުރު ކުރާ ބެންގަލޫރުގައި ހުންނަ 2 ހޮސްޕިޓަލެވެ.

އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި މި 2 ހޮސްޕިޓަލުން އާސަންދަ ދިނުން މެދުކަނޑާލަން ޖެހުނީ މި 2 ހޮސްޕިޓަލުން ވެސް ކްރެޑިޓަށް ބޭސްފަރުވާދިނުން ހުއްޓާލުމަށް ނިންމާފައިވާތީއެވެ. އަދި މި 2 ހޮސްޕިޓަލުގެ އެދުމުގެ މަތިން މި 2 ހޮސްޕިޓަލަށް އާސަންދައިގެ ދަށުން ބޭސްފަރުވާކުރުމަށް ދާ ފަރާތްތައް ފޮނުވުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް ވެސް އާސަންދައިން ހާމަކުރެއެވެ.

ޖެނުއަރީ 2022 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާސަންދައިން އެސްޓަ ސީއެމްއައި ހޮސްޕިޓަލަށް 7,780,674ރ ހަރަދުކޮށްފައިވެއެވެ. އަދި އެ މުއްދަތުގައި ސައިޓް ކެއާ ހޮސްޕިޓަލަށް އާސަންދައިން ހަރަދުކޮށްފައިވަނީ 3,642,978ރ އެވެ.

އާސަންދަ ނިޒާމަކީ އިސްރާފުކަން ކުޑަ އަދި އެންމެ ޚައްޤުކަން ބޮޑު މީހުނަށް އެހީ ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް އާސަންދަ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިތުރު އިންޝުއަރެންސެއް އޮންނަ މީހުންނަށް އާސަންދަ ލިބޭނީ އެ އިންޝުއަރެންސަކުން ކެނޑުމަށްފަހުގައިކަމަށް އާސަންދައިން މިހާރު ވަނީ ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ސާޖީގެ އޭނާ
ސާޖީގެ އޭނާ
1 އަހަރު ކުރިން

ރައްޔިތުންނައް ދަތިވިޔަސް އޯކޭ , ރައީސް މީހާ އެންމެ ފަހުން ޗެކެއް ޖަހާލަން ސިންގަޕޫރަ…

Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި