Sunday, 26 January 2025
Ads by

209 ޒުވާނަކު ޚަތީބު ކަމުގެ ސަނަދު ހާސިލްކޮށްފި

209 ޒުވާނަކު ޚަތީބު ކަމުގެ ސަނަދު ހާސިލްކޮށްފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު އަރުވައިފިއެވެ.

Ad Image
Ads by MN Maldives

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިއްޔަ ބޭއްވި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު މުޙައްމަދު ލަޠީފް، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު އިލްޔާސް ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ އެ ޕްރޮގުރާމު މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން ފުރިހަމަ ކުރުމުން މުޖުތަމަޢުއަށް ބޭނުންތެރި ޕްރޮގުރާމެއް ކަން އެނގިގެންދާ ކަމަށެވެ. މީގެ އިތުރުން އަމާޒަކީ މި ރިޔާސީ ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުން ކަމަށާއި މި އަމާޒު ޙާސިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިނިސްޓަރުގެ ވާހަކަފުޅުގައި ޒުވާން ޚަޠީބުން ހާސިލްކުރެއްވި މަތިވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވަނީ ނަސޭހަތްތެރިވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
2bada6e4b32f43d7fca7689d75b1e936
ދެ ވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް