Ads by
ޚަބަރު
“ރަސްމާލެ” ތަރައްގީ ކުރުމަށްޓަކައި ފުށިދިއްގަރު ފަޅު ހިއްކަން ފަށައިފި

މާލެ ސަރަޙައްދުގައި އަލަށް ފެށުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ރަސްމާލެ ތަރައްޤީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by Eki Online

މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރުފަޅު މިއަދު ވަނީ ހިއްކަން ފަށައިފަ އެވެ. އެފަޅުގައި އަޅާފައި އޮތް ބާޖެއްގައި ހުންނަވާ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް މުއިއްޒު އެވެ. އެއަށް ފަހު ރައީސް ވަނީ ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ އާ ސަހަރުގެ ޕްލޭން ވިދާޅުވެ ދެއްވައިފަ އެވެ

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރާއްޖޭގައި މިހާރުވެސް ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުނިއެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް އެ ފަޅުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް “ރަސްމާލެ” ނަމުން ނަން ދޭން ނިންމާފައިވާ ކަމަށެވެ. ގައުމީ ބޮޑެތި މައްސަލަތައް ނަގާފައި އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަން ގާއިމު ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާ ވަރަށް ގާތްގަނޑަކަށް ތިން ގުނަ ބޮޑު ސަރަހައްދެކެވެ. ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅާ އެކުގައި ގިރާވަރާއި ގުޅީފަޅު ވެސް ތަރައްގީ ކުރައްވާނެ ކަމަށެވެ.

“މި ތަންތަނާ އެކީގައި ފުށިދިއްގަރުފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް، އިރާދަކުރެއްވިއްޔާ ދާއިމަށް އެ މައްސަލަ ހައްލުވެގެން ދާނެ. ހައްލުކޮށްދޭނަން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ތެރެއިން ގިރާވަރާއި ގުޅީފަޅާއި ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށެވެ.
ފުށިދިއްގަރު ހިމެނޭ ހެން ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އަދި ފުށިދިއްގަރުން އެކަނި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *