Ads by
ޚަބަރު
މަޖިލިހުގެ 3 ވަނަ ދައުރު މި މަހުގެ 28 އާ ހަމައަށް ދަންމާލަން ނިންމައިފި

މަޖިލިހުގެ 3 ވަނަ ދައުރު މި މަހުގެ 28 އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދަންމާލަން މަޖިލިހުން އިއްޔަ ފާސްކޮށްފިއެވެ.

Ads by Eki Online

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލިސް ރައީސްއެވެ. އަސްލަމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ދައުރު ދަންމާލަން ނިންމި ސަބަބަކީ ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމިފައި ނުވާތީއެވެ.

ދައުރު ދިގުދަންމާލަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލިހުގެ ދައުރު ދަންމާލަން ނިންމި އިރު، ތިން ވަނަ ދައުރުގެ ޖަލްސާތައް ނިމި، މިއަދަކީ މަޖިލިސް ޗުއްޓީ އަށް ދާން އޮތް ދުވަހެވެ.

މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ، ޑިސެމްބަރު މަހުން ފެށިގެން މަޖިލިސްގެ ރިސެސް ފެށޭނެއެވެ. އެހެންނަމަވެސް، މަޖިލިހުގެ ދައުރު ދަންމާލަން އެންމެ ފުރަތަމަ ނިންމާފައި ވަނީ މިދިޔަ މަހުއެވެ. އެ ފަހަރު ނިންމީ މި މަހުގެ 7 އާއި ހަމައަށް މިދައުރު ދަންމާލުމަށެވެ. އެއަށްފަހު އިއްޔަގެ ނިޔަލަށް ދަންމާލަން ފާސްކުރިއެވެ. އަދި އިއްޔަ މިވަނީ މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ދަންމާލަން ފާސްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *