Ads by
ޚަބަރު
ކުޅުދުއްފުށިން އިތުރު ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެ
ފޮޓޯ: މީސް މީޑިޔާ

ހދ. ކުޅުދުއްފުށިން ރާއްޖެއިން ނައްތާލާފައިވާ ބައެއްޔެއް ކަމަށްވާ ފައިލޭރިޔާއަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

Ads by Eki Online

މިއާއެކު ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 19 އަރާފައެެވެ.

އެ ސިޓީން ބަޔަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައި ވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ބޭއްވި ހެލްތު ކޭމްޕެއްގެ ތެރެއިން ހެދި ސްކްރީނިން ޓެސްޓަކުން 17 މީހުކު އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.

އެޗްޕީއޭ އިން މީގެ ކުރިން ބުނީ ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ޕޮޒިޓިވްވެފައި ވަނީ އެ ބަލި އުޅޭ ޤައުމުތަކުން ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށެވެ.

އެޗްޕީއޭއިން ވަނީ ފައިލޭރިޔާއަށް ޓެސްޓުކުރަން ކުޅުދުއްފުއްޓަށް 500 ކިޓް ފޮނުވާފައެވެ. ކުޅުދުއްފުށީ ސިޓީގައި ފައިލޭރިޔާ ޖެހިފައި ތިބި 19 މީހަކަށް ފަރުވާ ދެމުން އައި ކަމުގައި ވިޔަސް އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއްނެތެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *