Saturday, 11 April 2026
Ads by

”ބަގާވާތް“ އަކީ ކުޅޭ ކުޅިވަރަކަށް ބޭނުންކުރާ ލަފްޒަކަށް ހަދައިގެން ނުވާނެ: ވައްޑެ

”ބަގާވާތް“ އަކީ ކުޅޭ ކުޅިވަރަކަށް ބޭނުންކުރާ ލަފްޒަކަށް ހަދައިގެން ނުވާނެ: ވައްޑެ

”ބަގާވާތް“ މި ލަފްޒަކީ ކުޅޭ ކުޅިވަރަކަށް ބޭނުންކުރާ ލަފްޒަކަށް ހަދާކަށް ނުވާނެ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ވައްޑެ މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ގެންނަން މަސައްކަތް ކުރި ކަމަށް ސަރުކާރުން ބުނާ ”ބަގާވާތާ“ ގުޅިގެން އެއްވެސް މީހަކަށް ޝައްކު ކުރެވޭ ކަމަށް އަދި ފުލުހުން ނުނިންމާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ ބަގާވާތަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެއީ ކުޅޭ ކުޅިވަރަކަށް ބޭނުންކުރާ ލަފްޒަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

”ބަގާވާތް, މި ލަފްޒަކީ ކުޅޭ ކުޅިވަރަކަށް ބޭނުންކުރާ ލަފްޒަކަށް ހަދާކަށް ނުވާނެއެވެ. ބަގާވާތަކީ ނިކަން ބޮޑު ކަމެކެވެ. އަހަރެމެން ބަގާވާތެކޭ ކިއީ ސިފައިންނާ ފުލުހުން ތަޅައި ރޯމާދުވާލު ވެރިކަމެއް ބަދަލުކުރި ދުވަހަކަށެވެ“ ވައްޑެ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެކި މީސްމީހުން ކުރާ ތުހުމަތާ ފުލުހުންގެ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި، ފުލުހުން ތަހުގީގު ކުރަމުން ދަނީ ބަގާވާތެއް ގެންނަން ބަޔަކު މަސައްކަތް ކުރިތޯ ނުވަތަ ނޫންތޯ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަޗީ
ބަޗީ
1 އަހަރު ކުރިން

ބަގާވާތް ކުރުމުގެ ރަން މެޑެލް އޮތީ އެމްޑީޕީގައި ތިބި ބައެއްގެ ކަރުގައިކަމަށް މީހުން ގޮވަނީ އޭގެ ހަގީގަތް ލޮލުން ފެނިފައި ތަޖުރިބާ ކޮށްފައިވާ ބައެއް މީހުންނޯ.

Ads by
ފަހުގެ ޚަބަރު
mdp lce26
އެމްޑީޕީ އުނބަށް ޖެހުން: ވަކިކުރި 2 މީހުންގެ މަޤާމު އިޔާދަކޮށް، ޣަފޫރަށް އިތުބާރު އޮތްކަމަށް ނިންމައިފި
drug sus
މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
suspct
މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
ec vote
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު!
Ads by
މަގުބޫލު
pnc
މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި
eki report muizzu
ޒާތީ ހަސަދައިގަ ފެތުރި ބުހުތާނަށް މިފަހަރުވެސް ރައީސް މުޢިއްޒު ދެއްކެވީ ރިވެތި އަޚުލާޤާއި ސުލޫކު!
aeko
އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް
reset yamyn
ޔާމީންގެ ތާއީދުގައި ނުކުތް އެންމެ ކެންޑިޑޭޓަކުވެސް ނުހޮވުނު !
pnc
މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި
eki report muizzu
ޒާތީ ހަސަދައިގަ ފެތުރި ބުހުތާނަށް މިފަހަރުވެސް ރައީސް މުޢިއްޒު ދެއްކެވީ ރިވެތި އަޚުލާޤާއި ސުލޫކު!
aeko
އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް
reset yamyn
ޔާމީންގެ ތާއީދުގައި ނުކުތް އެންމެ ކެންޑިޑޭޓަކުވެސް ނުހޮވުނު !