Ads by
ޚަބަރު
ރައީސް ޑރ. މުޢިއްޒު އަޒުލްކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅާނަން: ޝިފާއު

ރައީސުލްޖުމުހީރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމުގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު ޝިފާއު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ކުރަންޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިހާރު ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ކަމަށެވެ.

އަޅުގަޑު އިރާދަކުރެއްވިއްޔާ އަޅުގަޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް އެމައްސަލަ ހުށަހަޅާނަން

– ޝިފާއު

ޝިފާއު އިތުރަށް ވިދާޅުވީ މިސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފް އެތައްކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިނިސްޓްރީތަކުގެ އޮންލައިން ވެބްސައިޓްތަކުން ބިދޭސީންގެ ރެކޯޑްތައް ހިމެނޭ މަޢުލޫމާތު ނައްތާލާފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިފަދައިން ވިދާޅުވިނަމަވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ އެއްވެސް މަޝްވަރާއެއް އެމްޑީޕީގެ ތެރޭގައި ނުހިނގާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި ކަމަށް މީގެ ކުރިން އޭނާ ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *