ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކޮންޓެކް ސެންޓަރުގެ ހޮޓްލައިން ނަންބަރު، 1545 ތައާރަފްކޮއްފިއެވެ.
މި ހޮޓްލައިން ތަޢާރަފުކުރެވުނީ އިއްޔަ މެންދުރުފަހު 15:45 ގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭއްވުނު ލައިވް ޕްރިމިއަރއެއްގެ ގޮތުގައެވެ.
ހޯޓްލައިން ތައާރަފްކުރުމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހޮޓްލައިން މެދުވެރިކޮށް، ސްޓެލްކޯއިން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތައް، އަދި ކުންފުންޏާ ގުޅުންހުރި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތް ކޯލް ސެންޓަރުގެ މަސައްކަތް ނިންމާ، މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިއަދު މި ވަނީ ބޭނުން… https://t.co/YuYVgqoiUA
— Hussain Fahmy (@HussainFahmy09) August 28, 2024
މީގެ އިތުރުން، ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި، ސްޓެލްކޯ ކެއާގެ ޚިދުމަތާއި އެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.













