Ads by
ޚަބަރު
މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ ކުންފުންޏެއް އުފައްދަން ނިންމައިފި

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތައާރަފުކޮށް، އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން”ގެ ނަމުގައި ޚާއްޞަ ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އުފެއްދެވުމަށް ނިންމެވި މި ކުންފުންޏަކީ އެކުއަކަލްޗަރ، މެރިކަލްޗަރ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދަވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނިން ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަގުވާމީ މާރކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އައު މާރކެޓްތައް ހޯދުމުގެ މަސައްކަތް ކުރާނެއެވެ. އަދި މީގެ ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެބިނެޓުގެ ނިންމުންތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ކުންފުންޏެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އެގޮތަށް ހަމަ މަސްވެރިކަމާ ގުޅޭ ސިނާއަތުގެ އުފެއްދުންތައް، މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓުކޮށް، ބޭރު ދުނިޔޭގައި މާކެޓު ކުރުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ، މި ކުންފުނި އުފައްދަވާ، %100 ހިއްސާވާ ދިވެހި ކުންފުންޏެއްގެ ގޮތުގައި ކުރިއަށް ދާނީ

– ޝަހީބް

މީގެ އިތުރުން މިކުންފުނި އުފެއްދުމަށް ބޭނުންވާ 37 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ. އަދި މިއާއެކު ކުރިން އޮތް ފިޝަރީސް ޕްރޮމޯޝަން ބޯޑު އުވާލަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ކުރުމަށް ނިންމާފައިވާ ކަމެއްވެސްމެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *