Ads by
ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް އުސޫލެއް ހަދަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލެއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by Eki Online

މިގޮތަށް ސަރުކާރުން ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ 9 ހަފުތާތެރޭ “ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަށް” ވަނީ ހިމަނުއްވާފައެވެ. މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލެވޭ މި އުޞޫލުގައި ދިވެހި ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އެކަމާއިގުޅޭ އިންތިޒާމުތައް ހަމަޖައްސަވައި ބަޔާންކުރައްވާފައިވެއެވެ.

މި އުސޫލުގައި ހިމެނިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައި، ވަޒީފާގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ނައްތާލުމާއި، ޑިސްއެބިލިޓީ ސެންސިޓައިޒިންގ ތަމްރީން ކުރިއަށްގެންދިއުން ފަދަ ކަންކަން ހިމަނާފައިވެއެވެ.

ރައީސް އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ލިބޭނެ ސިޔާސަތެއް ކަނޑައެޅުއްވުމާއިއެކު ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އޮފީސްތަކާއި ވުޒާރާތަކުން އެކަން ކުރިއަށްގެންދާނެކަމަށެވެ.

“ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެގޮތަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަން ޤަވާއިދުތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ވީހާވެސް އަވަހަކަށް ވީހާ ކުރު މުއްދަތެއްގެ ތެރޭގައި ގެންނެވުމަށްވެސް ވަނީ ނިންމަވާފައި. ބައެއް އޮފީސްތަކުގައި އަރާފޭބުމަށް ސިޑިތައް ފަދަ ތަކެތި އެކަށީގެންވާ ގޮތެއްގައި ފަސޭހަކަމެއް ނެތި. މިކަމަށް ފަސޭހަކަމެއް އަވަސް މުސްތަޤްބަލެއްގައި ގެންނެވުމަށް މިވަނީ ނިންމަވާފައި.” ޝަހީބު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ވަނީ ދީފަ އެވެ. މިހާރުވެސް އެފަރާތްތަކުން އަންނަނީ އެކުންފުނިތަކުގައި މަސައްކަތް ކުރަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 2023 ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 ފަރާތެއް ދަފުތަރުކުރެވިފައިވެ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *