Ads by
ޚަބަރު
2 ވައިޑް ބޮޑީ އެއަރކްރާފްޓް މޯލްޑިވިއަނުން ގެންނަނީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން، ޓޫރިޒަމް މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް ވައިޑް ބޮޑީ އެއާކްރާފުޓް ބޭނުންކުރުމަށް ނިންމައިފިއެވެ.

Ads by Eki Online

މިއަދު ވަޒީރުންގެ މަޖިލީހުން ނިންމެވިގޮތް ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކް ޕާސަން، މުޙައްމަދު ޝަހީބު ވިދާޅުވީ، މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވައިޑްބޮޑީ ދެ އެއާކްރާފުޓް ހޯދުމަށް ނިންމާފައިވާކަމަށެވެ.

ވައިޑް ބޮޑީ އެއަރކްރާފްޓަކީ ދިގު ދަތުރުތަކަށް ޚާއްސަ އެއަރކްރާފްޓެވެ. މި ފްލައިޓްތަކަކީ ފުޅާ އެއަރކްރާފްޓްތަކެކެވެ. އެއާއެކު ގިނަ ފަސެންޖަރުން އެއް ފަހަރާ އުފުލެއެވެ.

މޯލްޑިވިއަންގެ ފްލީޓަށް ވައިޑްބޮޑީ އެއާކްރާފުޓް ހިމެނުމަށް ނިންމީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފަތުރުވެރިމަންޒިލްތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ބޭއްވުމަށެވެ.

މި ދެ ބޯޓު ވަރަށް އަވަހަށް ގެނައުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އޮޕަރޭޝަނަށް ހިނގާ ހަރަދު ކުޑަކުރުމަށްޓަކައި ކަމާއި ގުޅޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި ހޭންޑްލިން  އަދި ޕާކިން ފީ ފަދަ އަގުތައް ކުޑަކުރުމަށް އެމްއޭސީއެލްއާ މަޝްވަރާކުރުން ހިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *