Thursday, 16 January 2025
Ads by

ކަމަނާ: ޑިމާންޑް ބޮޑުވެ، ޓިކެޓް ހޯދަން ދަތިވެއްޖެ!

ކަމަނާ: ޑިމާންޑް ބޮޑުވެ، ޓިކެޓް ހޯދަން ދަތިވެއްޖެ!

މިމަހުގެ 27ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި ދިވެހި ފިލްމު ‘ކަމަނާ’ އަށް ބޮޑު ޑިމާންޑެއް ލިބިއްޖެއެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑޫ) ޑައިރެކްޓް ކޮށްފައިވާ ‘ކަމަނާ’ އަކީ ގެވެށި އަނިޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި ހިމެނެނީ މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) އެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ. މިއީ ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ މަންޒަރެއް މީސް މީޑިއާގައި ހިއްސާ ކުރަމުން ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނީ މިއީ މިޒަމާނުގަ ވާނެ ކަމެއް ކަމަށް ހުވަފެނުންވެސް ނުދެކޭ ވަރު ކަމެއް ކަމަށެވެ.

“މަވެސް މިހާރު ފިލްމެއް ހަދަން ބިރުގަނެއްޖެ! އަންނާތި އެހީވާން!” ނަހުލާ ބުންޏެވެ.

“އެކި”އަށް މަޢުލޫމާތުދެމުން ސެޓާން ސްޓޫޑިއޯއިން ބުނީ އެ ޓީމުން އުންމީދުވެސް ނުުކުރާ ވަރަށް ޓިކެތް ވިކި ހުސްވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކުން އެ ރަށެއްގައި ފިލްމް އަޅުވައިދިނުމަށް އެދި ގުޅަމުންދާ ކަމަށާއި ޝޯތައް އިތުރު ކުރުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް ސެޓާން ސްޓޫޑިއޯއިން ބުންޏެވެ.

“ދެ ފަހަރެއްގެ މަތިން ޓިކެޓް ޕްރިންޓްކޮށްފި, އަނެއްކާވެސް ހުސްވެއްޖެ. މިހާރުވެސް ޓިކެޓް އޯޑަރ ޖަހައިގެން މިތިބީ” އެ ޓީމުން ބުންޏެވެ.

ސެޓާން ސްޓޫޑިއޯއިން މައުލޫމާތުދޭ ގޮތުގައި މި ފިލްމަށް ލިބުނު ޑިމާންޑާއެކު ފިލްމުގެ 17 ޝޯ ވަނީ ހައުސްފުލްވެފައެވެ. އެއްފަހަރާ ގިނަ އަދަދެއްގެ ބޭފުޅުން، ފޯނު އަދި ވައިބަރ މެދުވެރިކޮށް ޓިކެޓް ނެގުމަށް އެދެމުންދާތީ، ހުރިހައި ފަރާތްތަކަށް އެޓެންޑްވުމަށް ދަތިތަކެއް ހުރުމުން، މިހާރު އޮންލައިންކޮށް ޓިކެޓް ވިއްކުން މެދުކަނޑާލާފައިވާ ކަމަށާއި ޓިކެޓް ލިބެނީ ހަމައެކަނި ކައުންޓަރުން ކަމަށް ސެޓާން ސްޓޫޑިއޯއިން މަޢުލޫމާތުދެއެވެ.

ފިލްމު ކަމަނާގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ވިއްކަމުންދާނީ ހެނދުނު 10:00 ން ރޭގަނޑު 10:30 އަށެވެ. ނަމަވެސް ހުކުރު ދުވަސްދުވަހު ޓިކެޓް ވިއްކާނީ މެންދުރު ފަހު 02:00ން ފެށިގެން ރޭގަނޑު 10:30 އަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
WhatsApp-Image-2024-03-31-at-11.42
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
WhatsApp-Image-2024-03-31-at-11.42
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ