Wednesday, 9 September 2026
Ads by

ބައެއްފަހަރު ހިތަށްއަރާ ލޯންޗު ގޮވުން އެއީ ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާވައޭ: ޢަބްދުއްރަހީމް

ބައެއްފަހަރު ހިތަށްއަރާ ލޯންޗު ގޮވުން އެއީ ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާވައޭ: ޢަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނެވިއިރު ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ އެމަނިކުފާނު އަމިއްލަފުޅަށް ކުޅުއްވި ”ޑްރާމާއެއް“ ތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ސުވާލު އުފައްދަވައިފިއެވެ.

Ad Image
Ads by

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ އެ ހާދިސާއާއި ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ.

ބައެއް ފަހަރު ހީވޭ، އަޅުގަނޑަށް ދަންނަވަން ކެރިދާނެ ފިނިފެންމާ ލޯންޗު ގޮވުން މީ ޔާމީނު ކުޅުނު ޑްރާމާއެއް ނޫން ބާވާއޭ؟

– ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ, ޔާމީން ހައްޖަށް ވަޑައިގެންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވިތަނުން ފިނިފެންމާ ލޯންޗް ގޮއްވާލުމުގެ ހާދިސާގައި އެކަމުގައި އުސޫލުތަކާއި ހިލާފަށް އަމަލުކުރިކަމުގެ ތުހުމަތުގައި ދެ އަހަރަށް ޖަލަށްލި އޭރުގެ ކޮމާންޑަރު ކެޕްޓަން އަޙްމަދު ފަޔާޒު ޢަލީ ރިޒާ (ޕާޕާ) މެންފަދަ ބޭފުޅުން ޔާމިން އަރިހުގައި ގެންގުޅުއްވާތީ އެ ހާދިސާއާއިމެދު ސުވާލުތަކެއް އުފެދޭ ކަމަށެވެ.

އެ ދުވަހުގެ ހާދިސާއާއި ގުޅޭގޮތުން އިތުރަށް ވާހަކަ ހިއްސާކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ލޯންޗު ގޮއްވާލި ވަގުތު ޔާމީން ފާލަމާ ދިމާލަށް ބެއްލެވި ވަގުތު އެތަނުގައި ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުރިކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނަށް ވަގުތުން އެކަން ކުރީ އޭނާކަން އެނގިވަޑައިގަތްކަމަށް ވިދާޅުވި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ ދުވަހު ޔާމީން އެ އިޝާރާތް ކުރެއްވީ ޕާޕާއަށް ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ޕާޕާއާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން 2 ބޮޑީގާޑަކަށް ކްރިމިނަލް ކޯޓުން ހުކުމްތަކެއް ކުރިއެވެ. ނަމަވެސް އެ މައްސަލަތައް އަލުން ބަލަން އަންގައި ހައި ކޯޓުން ވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާއި ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި