Ads by
ޚަބަރު
ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާ އެއް ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފި

ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާތަކެއް ޙައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމައިފިއެވެ.

Ads by Eki Online

އެގޮތަށް ނިންމާފައިވަނީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައެވެ. މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ، އެ ގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީ ވެފައި ވާތީ، ހިދުމަތް އަވަސް ކުރުމަށް ކަމަށެވެ.

މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކަންކުރަމުންދާ އުސޫލަކީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބައެއް ބިޑް އުސޫލުން އެންމެ ދަށް އަގެއް ހުށަހަޅާ އަމިއްލަ ކުންފުނިތަކަށް ދަނީ ދޫކުރަމުންނެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 270 ކޯޓާ ދިނީ އަމިއްލަ ތިން ކުންފުންޏަކަށެވެ. ބާކީ ހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަމިއްލަ ކުންފުނިތަކަށް ދިން ކޯޓާތަކަށް ބޮޑު އަގު ނަގާ މައްސަލަ އެ ފަހަރު ވެސް ފެންމަތިވިއެވެ. އަދި ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ވެސް އެ ކުންފުނިތަކުގެ މައްސަލަތައް ވަރަށް ބޮޑުވި އެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ރައްޔިތުން6 މަސް ކުރިން

ވ ވ ވ ރަގަޅު

0
0