Ads by
ޚަބަރު
ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ހުޅުވާލައިފި

ޖުމްހޫރީ ޕާޓީ، ޖޭޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކުން ވާދަކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by Eki Online

ޖުމްހޫރީ ޕާޓީއިން ވިދާޅުވީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ އަދި އެކަމުގެ ޤާބިލުކަން ހުރި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފައިވާކަމަށެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށެވެ.

ޖޭޕީން ވިދާޅުވީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލުކަން ބެލުމަށް ފަހު، ޕާޓީގެ ކައުންސިލުން ނުވަތަ އެކަަމަށްޓަކައި ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށް ފަހު ކަމަށެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް ގިނަ ޕާޓީތަކުން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން ޕީޕީއެމްގެ ޕްރައިމަރީ ޖެނުއަރީ 20 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެމްޑީޕީގެ ޕްރައިމެރީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *