Sunday, 26 July 2026
Ads by

ޤާނޫނީ ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޤާނޫނީ ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ބީއެމްއެލް މެދުވެރިކޮށް މާލީ ބަޣާވާތެއް ކުރަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙްގީގުކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަމާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނުވާފަދަ ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއިބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ހަމަ އެވަގުތު މީސް މީޑިއާގައި ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލާ އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީފައިވާ ކަން ހާމަވާން ހުރި ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިކަންކަމަށް ބަލައި، މިއީ ޤާނޫނީ ސަރުކާރެއް ޢައިރު ޤާނޫނީކޮށް ބަދަލުކުރުމަށް ކުރެވިގެންދިޔަ ކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އޮތް ކަަން ފާހަގަކޮށް ފުލުހުން ވަނީ މިމައްސަލަ ބަލަމުންދާކަން ހާމަކުރައްވާފައެވެ.

ދިވެހި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ ބޭންކް އޮފް މޯލްޑިވްސްއިން އާދިއްތަ ދުވަހު މެންދުރެއްހާއިރު، ވަނީ ދިވެހި ފައިސާ ކާޑުތަކުން ބޭރުގެ އެއްވެސް މުޢަމަލާތެއް ނުކުރެވޭނެ ގޮތަށް ނިންމާފައެވެ. ސަރުކާރުން ވަނީ ބީއެމްއެލްގެ މި ނިންމެވުމަކީ ސަރުކާރުން އެކަމާއި ދެކޮޅަށް ދީފައިވާ ލަފާއާއި އެކު ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި