Ads by
ޚަބަރު
ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ޤައުމީ ދިދަ ބައިދަނޑި އަށް

ރައީސް އޮފީހުން ހާމަކުރިގޮތުގައި ކުވޭތުގެ އަމީރު މިއަދު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައިވާކަމަށެވެ.

Ads by Eki Online

ކުވޭތުގެ އަމީރު އަވާހަރަވުމުގެ ހިތާމައިގައި ރައީސް މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މިއަދުގެ ވަގުުތެއްގައި ޝެއިހް ނަވާފް އަވަހާރަވީ އުމުރުފުޅުން 86 އަހަރުގައެވެ. ކުވައިތުގެ އަމީރު އަވަހާރަވި ސަބަބެއް އެޤައުމުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، މިދިޔަ ނޮވެންބަރުމަހު އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފަވެއެވެ.

މިޑިއާތަކުން ބުނީ އަމީރު އަވަހާވުމާ ގުޅިގެން ކުވައިތުގެ ތަހުތާ ދެން ހަވާލުވެވަޑައިގަންނަވާނީ އެއްބަފާ ކޮއްކޯފުޅު އަދި ނައިބު އަމީރުގެ މަގާމުގައި ހުންނެވި ޝެއިހް މެޝާލް އަލް އަހުމަދު އަލް ޖަބަރު، 83، ކަމަށެވެ.

ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް ކުވައިތުގެ ތަހުތަށް އިސްކުރެވުނީ 29 ސެޕްޓެމްބަރ 2020 ގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *