Ads by
ޚަބަރު
އއ. އުކުޅަހުގައި ފުލުހުންނާއި ޔުނިސެފް ގުޅިގެން ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކެއް

ބައިނަލްއަގުވަމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އއ. އުކުޅަސް ރަށުތެރެ ސާފުކުރުމުގެ ހަރަކާތްކުރިއަށް ގެންގޮސްފިއެވެ.

Ads by Eki Online

ހުކުރު ދުވަހު ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށުމުގެ ގޮތުން، ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމުގެ ގޮތުން އެއްމިނެޓުގެ ސްކޫތެއް ގެނެސްފައެވެ.

މި ހަރަކާތުގައި ރަށުގެ ހުސްބިންތަކާއި ކުޅިވަރުކުޅޭ ދަނޑުތަކުގައި ހުރި ޕްލާސްޓިކް ފުޅިއާއި ދަޅު އަދި ކޮތަޅުފަދަ ތަކެއްޗާއި އެހެނިހެން ކުނިބުނި ނަގައި ސާފުކޮށްފައިވެއެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އުކުޅަސް އަދި އއ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ޑިސެމްބަރު 12 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ކުރިއަށް ގެންގޮސްފައިވަނީ

  • ފަން ރަން
  • ވޯޓަރ ސްޕޯޓް
  • ބިލްބޯޑު އިފްތިތާހުކުރުން
  • ކުޑަކުދިންގެ ހަވީރު

އަދި މީގެ އިތުރުން މައުލޫމާތު ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *