Ads by
ޚަބަރު
ކުރޫޒްލައިނާ ތަކުން ފީ ނަގާ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފައިސަލް

ކްރޫޒްލައިން ތަކުގައި ވަކިވަކި ފަސިންޖަރުން ހޭދަކުރާ [ނައިޓް] ރެއަށް ޖީއެސްޓީ ނެގޭ ގޮތަށް ގަވައިދަށް ގެނެސްފައިވާ އިސްލާހު، އަލުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ކޮންމެ ޗާޓާއަކުން ޓެކްސް ދެއްކުން ފަސޭހަ ނޫންކަމަށާ، ކުރިން ހެދި ގަވައިދާ އެކު ބޮޑެތި ބޯޓުފަހަރުތައް ރާއްޖެ ބޮއިކޮޓް ކުރުމުގެ ފުރުސަތު އޮތްކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިއަދު މިނިސްޓަރު ފައިސަލް ވަނީ އެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

ކުރޫޒުލައިންތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވައިދު އިސްލާހު ކުރައްވަމުން ގެންދަވާ ކަމަށާއި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބިގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވާއިދާ އެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ކޮންމެ ދުވަހަކަށް ޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓުދައްކަން ޖެހެއެވެ.

މިކަމުގެ ސަބަބުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކްރޫލައިނާތަކަށް ރާއްޖެ ނައިސް އެހެން ގައުމުތަކަށް ދާން ފަށާފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *