Ads by
ޚަބަރު
މާލޭ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި

މާލޭގެ މޭޔަރު ހޮވަން އަންނަ މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ތަރުތީބުކޮށްފިއެވެ.

Ads by Eki Online

އެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު 1 އެވެ. ކެންޑިޑޭޓް ނަންބަރު 2ނހުސައިން ވަހީދު (އަމިއްލަ ގޮތުން) އަށް ލިބިފައިވާއިރު ކެންޑިޑޭޓް ނަންބަރު 3 ލިބިފައިވަނީ ޕީއެންސީން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުއަށެވެ. މީގެ އިތުރުުން ކެންޑިޑޭޓް ނަންބަރު 4 އާދަމް އާޒިމް (އެމްޑީޕީ) އަށް ލިބިފައިވާއިރު ކެންޑިޑޭޓް ނަންބަރު 5 ލިބިފައިވަނީސައިފް ފާތިހު (ދަ ޑިމޮކްރެޓްސް) އަށެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަންސްއާއި ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *