Ads by
ޚަބަރު
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ޖަނަވަރީ 20 އަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2024 ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޖަނަވަރީ 20 އަށް ފަސްކޮށްފިއެވެ.

Ads by Eki Online

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ގޮތުގައި ކުރިން ޑިސެންބަރ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ފަސްކޮށްފައިވަނީ އެދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަށްވެފައި، ގިނަ ޢަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، ޢުމްރާއަށް ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ ޢާންމު މެންބަރުންގެ އެދުމުގެ މަތިންކަމަށެވެ.

މީގެ އިތުރުން 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު، ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި އާންމު ކުރާނެކަމަށް ބުނެފައިވެއެވެ.

އަދި، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް ޢާންމުކޮށް އިޢުލާނު ކުރާނެކަމަށްވެސް ޕްރޮގްރެެސިވް ކޯލިޝަނުން ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *