Ads by
ޚަބަރު
ވެރިކަންކުރާ ޕީއެންސީއަށް 10،000 މެންބަރުން ހަމަކޮށްފި

ދިހަ ހާސް މެންބަރުން ހަމަކޮށް، ދައުލަތުގެ ފައިސާ ލިބޭ ލިސްޓަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއީލް ހަބީބް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރި ދުވަހާއި ހަމައަށް 10،000 މެމްބަރުން ހަމަވަނީ 6 ސިޔާސީ ޕާޓީއެއްގައިކަމަށެވެ.

އެ ޕާޓީތަކަކީ:

  • އެމްޑީޕީ
  • ޕީޕީއެމް
  • ޖުމްހޫރީ ޕާޓީ
  • އަދާލަތު ޕާޓީ
  • އެމްޑީއޭ
  • ޕީއެންސީ

މިދިޔަ ފެބްރުއަރީ މަހާއި ހަމައަށް އެ ޕާޓީގައި ތިބީ 3،000 ވަރަކަށް މެމްބަރުންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް، ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބުމާއި އެކީ ގިނަ ބަޔަކު އަންނަނީ އެ ޕާޓީއާއި ގުޅެމުންނެވެ.

އަދި އެ ޕާޓީން ދިޔައީ މެމްބަރުން އިތުރު ކުރުމަށް އެކި ހަރަކާތްތައް ވެސް ހިންގަމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް، 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި އެ ޕާޓީތަކުގައި ތިބި މެންބަރުންގެ ނިސްބަތަށް ބަހައި ދޭން ޖެހޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *